މުދައްރިސުން ލައްވާ ގިނައިން މާކްސް ހޯދުމަށް އިންޑިއާގައި ސްކޫލް ކުދިން އިމްތިހާނު ކަރުދާހުގައި ތަފާތު އެއްޗެހި ލިޔެ އުޅެއެވެ. އެއީ އާއްމު ކަމެކެވެ. ބައެއް ފަހަރު މުދައްރިސަށް ފައިސާވެސް ދީފައި އެބަހުއްޓެވެ.

އެހެން ނަމަވެސް މިއީ އިމްތިހާނު ކަރުދާހުގައި ތަފާތު އެއްޗެއް ލިޔުނު ކުއްޖެކެވެ. އެ ދުވަހު އިމްތިހާނު އޮތީ ކެމިސްޓްރީންނެވެ. އެހެން ނަމަވެސް އެ ކުއްޖާއަށް ފިލާވަޅު ދަސް ކުރެވޭ ގޮތެއް ނުވިއެވެ.

"އަހަރެން ޕޫޖާ ދެކެ ވަަރަށް ލޯބިވޭ".މިއީ އޭނާ އިމްތިހާނުގައި ލިޔުނު އެއްޗެވެ.

ޕޫޖާއަކީ އޭނާ ވަރަށް ލޯބިވާ ކުއްޖެއް ކަމަށް ވެެއެވެ. އިތުރަށް އިމްތިހާނުގައި އޭނާ ލިޔެފައި ވަނީ "ލޯތްބަކީ ނިކަން ތަފާތު ފުން އަސަރެކެވެ. ހިތްގައިމު އިހުސާސެކެވެ. އެއީ މަރުވާން އެދުނަސް ދިރުން ގެނުވާ ފަދަ ޖާދުލެކެެވެ. މުދަރިއްސްއެވެ. ލޯބީގެ މި ކުޅިގަނޑުން އަދި ސަލާމަތްނުވެވިގެން އުޅޭތީ މިހާލުގައި އަޅުގަނޑަށް އިމްތިހާނަށް ތައްޔާރު ނުވެވުނީއެވެ"

މި ކުއްޖާ މިގޮތަށް ފުރަތަމަ ގަނޑުގައި ލިޔުނު ނަމަވެސް އެހެން ހުރިހާ ގަނޑެއް ހުރީ ހުހަށް ބަހައްޓާފައެވެ. އެއްވެސް އެއްޗެއް ލިޔަފައެއް ނުވެއެވެ. އޭނާ ވަރަށް ރަނގަޅަށް ނުކިޔެވުނު ސަބަބު ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އައި ލަވް މައި ރިޢާން ރަޝީދް?

  2. ? ދެން ކިތައް މާކްސް ލިބުންބާ

  3. އަސްތާ.....ތިޖެހުނީ ވ.ނުރައްކާތެރި ބައްޔެއް.......ތިކުއްޖާއަށް ދެރަގޮތެއް ނުވިއްޔާ ކިތަންމެހާވެސް ރަނގަޅު.